އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާފައިވާ އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް 12 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 29 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.

19 ރަމަޟާން 1436
6 ޖުލައި 2015