ތިން ވަޒީރަކަށް ރުހުން ދިނުމަށް ފެންނަކަމަށް މަޖިލީހުގެ ޢިއްތިފާޤުން ފާސްކުރައްވައިފ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްއާއި، މިނިސްޓަރ އޮފް ހެލްތް އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނަންފުޅުތަކަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމެވި ގޮތަށް، ރުހުން ދިނުމަށް ފާސްކުރައްވައިފިއެވެ.
ވަކި ވަކިން ނެގުނު މި ވޯޓުގައި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ. މާބަނޑޭރިއާގެ، އަލްފާޟިލް އަޙްމަދު ތުހޫރުގެ ނަންފުޅު، މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ. އޯކިޑް، އަލްފާޟިލާ އިރުތިޝާމް އާދަމްގެ ނަންފުޅު އަދި، މނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ބ. އޭދަފުށި / ހަލަވެލި ޑރ. އަޙްމަދު ޒިޔާދުގެ ނަންފުޅަށް ރުހުންދިނުމަށް ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ޢިއްތިފާޤުންނެވެ.

12 ރަމަޟާން 1436
29 ޖޫން 2015