މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއް ކަނޑައެޅުމަށްޓަކައި، މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢާންމުންގެ ތެރެއިން 17 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. އެފަރާތްތަކަކީ ދަފްތަރު ނަންބަރު 698-95/ އަޙްމަދު އަބޫބަކުރު ، ދަފްތަރު ނަންބަރު 2345/ ޢަބްދުއްލަޠީފް އަޙްމަދު، މ. ހަވީރީފިނި/ ޢަލީ ފާރިޝް، ހ. މެލްބަން/ ފާތިމަތު ޝަމްނާޒް ޢަލީ ސަލީމް، ހ. އީވްނިންގ ފްލާވަރ/ޢަބްދުﷲ މުނާޒު، މ.ނިޔަމި/އަޙްމަދު ރަޝީދު، ހ. ރީދޫކޮކާގެ/ޢާއިޝަތު ޙުސައިންމަނިކު، ރަންދުވަރު/ޏ.ފުވައްމުލައް/އަޙްމަދު ސަޢީދު، ފޭރުމާގެ/ގދ.ހޯނޑެއްދޫ/އަޙްމަދު ޝަފީޤު، ވ. ސަނާމަންޒިލް/ސަފާ އަޙްމަދު، ބުލްބުލާގެ/ރ.މާކުރަތު/އަޙްމަދު ބަދީއު، ދަފްތަރު ނަންބަރު 9515/މުޙައްމަދު އިލްހާމް، މއ. ސިލްވަރސީން/މުޙައްމަދު ޖިނާހް އިބްރާހީމް، ދަފްތަރު ނަންބަރު 7505/ޢަބްދުލްޙަސީބް އިސްމާޢީލް، ބުރެވިމާގެ/ޅ.ހިންނަވަރު/މުޙައްމަދު އަޙްމަދުފުޅު، ފަރުދާބަގީޗާގެ/ސ.ހިތަދޫ/ އަޙްމަދު ޙަސަން އަދި މއ. ދިލްކުޝާގެ، 6ބީ/ އާމިނަތު ހުދާއެވެ.
29 ޝަޢުބާން 1436
16 ޖޫން 2015