ހިޔުމަން ރައިޓްސް ކޮމިޝަނަށް 3 މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ހިޔުމަން ރައިޓްސް ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވާ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު 17 އޮގަސްޓު 2015 ގެ ނިޔަލަށް ހަމަވާތީ، އެކޮމިޝަނަށް 3 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/6) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ހިޔުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ ނަންފުޅުތަކަކީ ހ. ހަބަރުގެ / އާމިނަތު އީނާސް، ފާތު/ޏ. ފުވައްމުލައް/ ޝިފާޤު މުފީދު އަދި މ. ކޮރަލްގާރޑްންސް/ ޢާއިޝަތު އަފްރީން މުޙައްމަދު / މ. ކޮރަލްގާރޑްންސްއެވެ.

28 ޝަޢުބާން 1436
15 ޖޫން 2015