ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) އަށް އިޞްލާޙު ގެނައުމުގެ ބިލު 33 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް 15 މެންބަރުންވަނީ ވޯޓް ދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 27 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލު ދިރާސާ ކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ވަނީ ފޮނުވިފައެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 28 އޭޕްރިލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 8 ޖޫން 2015 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައެވެ.

17 ޝަޢުބާން 1436
4 ޖޫން 2015