ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި، ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.
މި ތިން ބިލަކީ، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2008/2) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މަނިޓަރި އޮތޯރިޓީގެ ޤާނޫނު 1981 (ޤާނޫނު ނަންބަރު: 81/6) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، އަދި ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

17 ޝަޢުބާން 1436
4 ޖޫން 2015