މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ހުށަހަޅުއްވާފައިވާ ނަންފުޅު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ބ.އޭދަފުށި/ ހަލަވެލި ޑޮކްޓަރ އަޙްމަދު ޒިޔާދު، 6 މޭ 2015 ވީ ބުދަ ދުވަހު ޢައްޔަނުކުރައްވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

17 ޝަޢުބާން 1436
4 ޖޫން 2015