ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް މ. ކްރެސްޓްވުޑް އަލްފާޟިލް ޢަބްދުﷲ ޙަމީދު ޢައްޔަނުކުރުމަށް މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅު ކަމަށްވާ މ. ކްރެސްޓްވުޑް، އަލްފާޟިލް ޢަބްދުﷲ ޙަމީދު އެ މަޤާމަށް ޢައްޔަންކުރުމަށް މަޖިލީހުގެ 50 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.
އެ ނަންފުޅު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އަލްފާޞިލް އިބްރާހީމް ރިޟާއެވެ. ރިޕޯޓް ހުށަހެޅުއްވުމަށްފަހު ކުރިއަށްގެންދުވުނު ބަޙުސް ވަގުތުގައި 1 މެންބަރަކު ވާހަކަދެއްކެވިއެވެ.

11 ރަޖަބު 1436
30 އޭޕްރީލް 2015