ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލު މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ނައިފަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތަށް 51 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހަޅައިދެއްވީ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުއެވެ. ރިޕޯޓް ހުށަހެޅުއްވުމަށްފަހު ކުރިއަށްގެންދެވި ބަޙުސް ވަގުތުގައި 12 މެންބަރުން ވާހަކަދެއްކެވިއެވެ.
ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 25 އޯގަސްޓް 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. ގައެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 30 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.

11 ރަޖަބު 1436
30 އޭޕްރީލް 2015