ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅައިދެއްވުމުގެ މައްސަލަ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/9) ގެ 36 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅައިދެއްވުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް 50 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހަޅައިދެއްވީ މާލިއްޔަތު ކޮމިޓީގެ މެންބަރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. ރިޕޯޓް ހުށަހެޅުއްވުމަށްފަހު ކުރިއަށްގެންދެވި ބަޙުސް ވަގުތުގައި 15 މެންބަރުން ވާހަކަދެއްކެވިއެވެ.

11 ރަޖަބު 1436
30 އޭޕްރީލް 2015