ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ގަވަރނިންގ ބޯޑަށް ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައި، ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/9)ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާގެ ފުރަތަމަ ގަވރނިންގ ބޯޑަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 7 ބޭފުޅުންނަކީ އަލްފާޟިލް އިބްރާޙިމް ޢުމަރުމަނިކު، ދަފްތަރު ނަންބަރު 2133، އަލްފާޟިލް މުޙައްމަދު ޝާޤިލް، މއ. ޕެންޒީ، އަލްފާޟިލް މުޙައްމަދު އިކްރާމް އަބްދުއްލަޠީފް، ޅ. ނައިފަރު / ހަނދު، އަލްފާޟިލް އިބްރާހީމް ޙިލްމީ، ތ. ވިލުފުށި/ ހުސްނުހީނާގެ، އަލްފާޟިލާ އާމިނަތު ޝާޔަން ޝާހިދު، މ.ޕެޓީވިލާ، އަލްފާޟިލް އިބްރާހީމް ޚަލީލް، ދަފްތަރު ނަންބަރު 1903، އަލްފާޟިލް މަޙްމޫދު ޢަލީ، ހއ. އިހަވަންދޫ/ ނޫފަރު އެވެ.

10 ރަޖަބު 1436
29 އޭޕްރީލް 2015