ޕޯލަންޑްގެ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC0044-2 ޕޯލަންޑްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ތޯމަސް ލުކާޒުކް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދުއޮތް މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި ގުޅުން ގާއިމުކޮށް އެ ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޤާނޫނުހަދާ މަޖިލިސްތަކުގެ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.
_DSC0042
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދާއި އަމީން ޢާންމުގެ ނައިބު އަލްއުސްތާޛާ ފާޠިމަތު ނިއުޝާ އަދި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ. ޕޯލަންޑްގެ ސަފީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ޕޯލަންޑް އެމްބަސީގެ ހެޑް އޮފް އިކޮނޮމިކް ޑިވިޜަން މިސިޒް މާރިއާ ލުކާޒުކްއެވެ.

01 ރަޖަބް 1436
20 އޭޕްރީލް 2015