ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި، ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ. މި ދެ ބިލަކީ ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލް ހުށަހަޅުއްވާފައިވާ، ޕަބްލިކް ސަރވިސް މީޑިއާގެ ބިލާއި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/8) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

10 ޖުމާދަލްއާޚިރު 1436
30 މާރިޗު 2015