6 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

ިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި، 6 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ. އެއީ، ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/14) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލާއި، ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޢާއިލާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2000/4) އަށް އިޞްލާޙު ގެނައުމުގެ ބިލާއި އަދި ދިވެހިރާއްޖޭގެ ކުޅިވަރު ބިލެވެ.

12 ޖުމާދަލްއޫލާ 1436
3 މާރިޗު 2015