އިޤްތިޞާދީ ކޮމިޓީން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރައްވައި ނިންނަމަވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގައި، އިޤްތިޞާދީ ކޮމިޓީން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރައްވައި ނިންނަމަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ބިލު ދިރާސާކުރައްވައި ނިންމެވުމުގެ ކުރިން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަމްބަރ 79/31) އަށް އިޞްލާޙުގެނައުމުގެ ބިލާ ގުޅޭ ގޮތުން، މިނިސްޓަރ އޮފް ފިނޭންސްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ.

މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުޙަންމަދު އަމީތު އަޙްމަދުމަނިކު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް ވަޑައިގެންނެވިއެވެ.

10 ޞަފަރު 1436

2 ޑިސެންބަރ 2014