ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 28 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2010/24) އަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ނިންމަވައި ކޮމިޓީގެ ޢިއްތިފާޤުން ބިލު ފާސްކުރައްވައިފިއެވެ.

މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުޙަންމަދު އަމީތު އަޙްމަދުމަނިކު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އަދި ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް ވަޑައިގެންނެވިއެވެ.

23 ޞަފަރު 1436

16 ޑިސެންބަރ 2014