މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 17 ނޮވެންބަރ 2013 ގެ ފަހުން އުފައްދާފައިވާ މިނިސްޓްރީތަކާއި، އެ މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.
މި މައްސަލަ ފާސްކުރައްވާފައިވަނީ 50 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރަކު ވޯޓުދެއްވާފައިރު، 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މައްސަލަ ފޮނުއްވާފައިވަނީ 24 ނޮވެންބަރ 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އަދި ކޮމިޓިން ނިންމެވިގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވާފައިވަނީ ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުއެވެ.
2 ޞަފަރު 1436
24 ނޮވެމްބަރ 2014