މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތަށް 67 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.
މި ބިލު ދިރާސާކުރައްވާ ނިންމެވިގޮތުގެ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދުއެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 2 މެންބަރުން ބަޙުސްކުރައްވާފައިވެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 6 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 2 ޑިސެމްބަރ 2014 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
09 ޞަފަރު 1436
01 ޑިސެމްބަރ 2014