ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ހިޒް އެކްސަލަންސީ ސައްޔިދު ސައިލް ޢައްބާސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާއި ދެގައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި އޮންނަ ގާތްކަމުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވިއެވެ. އަދި އެ ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދުއާއި ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާއާއި ހެޑް، ފޮރިން ރިލޭޝަންސް، އަލްފާޟިލް ޢަބްދުލް ޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ.
______________
20 ނޮވެމްބަރ 2014