އެމެރިކާގެ ވަފްދެއް މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC1850އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ފޮރ ދި އޮފީސް އޮފް ނޭޕާލް، ޝްރީ ލަންކާ، ބަންގްލަދޭޝް އެންޑް މޯލްޑިވްސް މިސްޓަރ ކްލިންޓަން ޓެޑް ބްރައުން ހިމެނިވަޑައިގަންނަވާ ވަފްދެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދުއޮތް މި ބައްދަލުކުރެއްވުމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްޕުޅުތަކާއި، ދައުލަތުގެ ބަޖެޓްގެ މަރްޙަލާތަކާއި މަޖިލީހަށް ހުށަހެޅިފައިވާ އަދި ފާސްކުރެވިފައިވާ މުހިންމު ބިލުތަކާބެހޭ މަޢުލޫމާތު ޙިއްޞާކުރެވުނެވެ. އަދި ރާއްޖެއާއި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

_DSC1847

އެމެރިކާގެ މިވަފްދުގައި އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން އެންޑްރޫ މާން އާއި ޑެޕިއުޓީ ޗީފް އޮފް ޕޮލިޓިކަލް އެފެއާރޒް ޝިވޯން އޯޓް-ޖަޖްވެސް ހިމެނިވަޑައިގަތެވެ.

24 މުޙައްރަމް 1436

17 ނޮވެމްބަރ 2014