މިއަދު ބޭއްވުނު ސުލޫކު ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ގަވާއިދާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުވުމަށް، ކޮމިޓީގެ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޡިމް، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު، ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ވަޑައިގެންނެވިއެވެ.
23 މުޙައްރަމް 1436
16 ނޮވެމްބަރ 2014