ޓިއުނީޝިޔާގެ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

tunesia ޓިއުނީޝިޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ތާރިކް އަޒޫޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދުއޮތް މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި އުޚުއްވަތްތެރި ގުޅުމުގެ މައްޗަށާއި ދެ ޤައުމުގައިވެސް ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި މަޢުލޫމާތު ބަދަލުކުރެއްވިއެވެ. އަދި ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި ގުޅުން ގާއިމުކޮށް އެ ގުޅުން ބަދަހިކުރުމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދާއި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ.

 

9 ނޮވެމްބަރ 2014