ޢިމާރާތްކުރުމުގެ ބިލު އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވާފައިވާ ޢިމާރާތްކުރުމުގެ ބިލު، އަދި ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި، ކޮމަންޑޫގައި ރަށް ހިއްކުމަށް އެޅި ވެލިތައް ފަރުމައްޗަށް ފައިބައިގެންގޮސް ރަށުގެ ތިމާވެއްޓަށާއި ރަށް ވަށައިގެންވާ ފަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާތީ، މިކަމާގުޅޭ ސަރވޭއެއްކޮށް އެ މަސައްކަތްކުރާ އެމް.ޓީ.ސީ.ސީ އާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކޮށްދެއްވުމަށް އެދި ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާ ސުވާލުކުރައްވާފައިވެއެވެ.

3 މުޙައްރަމް 1436

27 އޮކްޓޯބަރ 2014