މާލިއްޔަތު ކޮމިޓީން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2015 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރައްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 21 ވަނަ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2015 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރައްވައި، ކޮމިޓީގެ މެންބަރުން ގެންނެވި އިޞްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވާ ދެއްވުމަށް، މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމަވައިފިއެވެ.

މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވަޑައިގެންނެވިއެވެ.

29 ޛުލްޙިއްޖާ 1435

23 އޮކްޓޯބަރ 2014