ޤައުމީ ތަރައްޤީގެ ކޮމިޓީގެ މިއަހަރުގެ 8 ވަނަ ބައްދަލުވުން ބާއްވައިފި

_DSC4406މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ މިއަހަރުގެ 8 ވަނަ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޙިދުމަތް ކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/92) އަށް އިޞްލާޙް ގެނައުމުގެ ބިލް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވިއެވެ. މި ގޮތުން ބިލަށް ހިޔާލު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ހިޔާލު ބެއްލެވުމަށްފަހު ދެން އަންނަ ބައްދަލުވުމަކަށް ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްއެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޯބަރ 2014