ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ޢައްޔަންކުރުމަށްޓަކައި، ފުލުހުންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/5) ގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެ ނަންފުޅަކީ ދަފްތަރު ނަންބަރު 5831 / އަލްފާޟިލް ސަޢީދު މޫސާ އާއި ގ. ގޮފި / އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކުއެވެ.

19 ޛުލްޙިއްޖާ 1435

13 އޮކްޓޯބަރ 2014