މާލިއްޔަތު ކޮމިޓީގެ 18 ވަނަ ބައްދަލުވުން ބައްވަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި، ދައުލަތުގެ މާލިއްޔަތު ހަރުދަނާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ހިންގާ މަޝްރޫޢުއާއި ގުޅިގެން އެ މިނިސްޓްރީގެ ބޭފުޅުންނާއި ކޮމިޓީ މެންބަރުން ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީގެ ފަރާތުން ކުރައްވާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވީ އިންޓަރނޭޝަނަލް ލީގަލް ކޮންސުލްޓަންޓް އެރިކް ހެޓްފެލްޑް، އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އިސްމާޢީލް އަލީ މަނިކް، ލީގަލް ކޮންސަލްޓެންޓް އަޝްރަފް ރަޝީދު، ޕްރޮޖެކްޓް ކޯޑިނޭޓަރ މުޙައްމަދު ޔާމީން އަދި މިނިސްޓްރީގެ ލީގަލް ޔުނިޓްގެ ފަރާތުން ޝަފީޢާ ރިޒާއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިޤް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ވަޑައިގެންނެވިއެވެ.