ބައެއް ޤާނޫނުތައް އިޞްލާޙުކުރުމުގެ ބިލު 2014 މަޖިލީހުން ފާސްކުރައްވައިފި

DSC_9582މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ބައެއް ޤާނޫނުތައް އިޞްލާޙުކުރުމުގެ ބިލު 2014 ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ 62 މެންބަރުންގެ އިއްތިފާޤުންނެވެ.

މިބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް 11 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ.

02 ޛުލްޤަޢިދާ 1435

28 އޯގަސްޓް 2014