އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީގެ 2 ވަނަ ބައްދަލުވުން ބައްވަވައިފި

މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 2010/8) އިޞްލާޙު ގެނައުމުގެ ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

މި ބިލުގެ ދެލިކޮޕީ އިތުރަށް ފުރިހަމަކޮށް، ބިލު ދިރާސާ ކުރުމުގައި ބޭނުންވާނެ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގައި ކުރިއަށްގެންދިއުމަށް ސަބް-ކޮމިޓީން ނިންމެވިއެވެ.

ސަބް-ކޮމިޓީގެ ބައްދަލުވުމަށް އެ ކޮމިޓީގެ މުޤައްރިރު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމްގެ އިތުރުން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ވަޑައިގެންނެވިއެވެ.

01 ޛުލްޤައިދާ 1435

27 އޮގަސްޓް 2014