ޢާއްމު ކޮމިޓީގެ 14 ވަނަ ބައްދަލުވުން ބައްވަވައިފި

މިއަދު ބޭއްވުނު ޢާއްމު ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައި 2015 ވަނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ ރިޕޯޓް މައި ކޮމިޓީއަށް ހުށަހެއްޅުއްވުމުން، އެ ރިޕޯޓް ބަލައިގަނެފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ޙުސައިން، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް އަދި ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް ވަޑައިގެންނެވިއެވެ.

30 ޝައްވާލު 1435

27 އޮގަސްޓް 2014