އެންޓި-ކޮރަޕްޝަނަށް 5 މެންބަރުން ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 5 ބޭފުޅެއް އެކޮމިޝަނަށް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/13) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 5 ނަންފުޅުތަކުގެ ތެރެއިން، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި،އެކޮމިޝަނަށް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާ 5 ބޭފުޅުން ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ ތިރީގައިވާ ބޭފުޅުންނެވެ.

ސ.ހިތަދޫ ރަންފަސް އަލްފާޟިލް ޙަސަން ލުޠުފީ އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ 75 މެންބަރުންގެ އިއްތިފާޤުންނެވެ.

ގދ.ތިނަދޫ ގަޒީރާ އަލްއުސްތާޛް މުޢައްވިޒު ރަޝީދު އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ 74 މެންބަރުންގެ އިއްތިފާޤުންނެވެ.

ނ.ހޮޅުދޫ ބޮޑުވަޅުދޮށުގެ އަލްފާޟިލާ އާމިނަތު މިންނާ އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ 74 މެންބަރުންގެ އިއްތިފާޤުންނެވެ.

ގއ.ވިލިނގިލި ވައިޖެހޭގެ އަލްފާޟިލް ޔަޒުމީދު މުޙައްމަދު އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ 73 މެންބަރުންގެ އިއްތިފާޤުންނެވެ.

ގދ.ވާދޫ ސަދަންވިލާ އަލްފާޟިލް ޞަފްވަތު މުޙައްމަދު އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ 75 މެންބަރުންގެ އިއްތިފާޤުންނެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014