2015 ވަނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަވައިފި

2015 ވަނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަވައިފިއެވެ. މި ބައްދަލުވުމުގައި، މިކޮމިޓީގެ މުޤައްރިރުކަމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ނައިބު މުޤައްރިރުކަމަށް ކެޔޮދޫ ދާއިރާގެ މެންބަރު މުސާ ނިޒާރު އިބްރާހީމް ހޮއްވަވާފައިވެއެވެ. އަދި، 2015 ވަނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓާއި ގުޅޭ ގޮތުން މިރޭ މަޖިލީހުގެ އިދާރާގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފައިވެއެވެެ.

މިބައްދަލުވުމަށް، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންވެސް ހާޒިރުވެވަޑައިގެންނެވިއެވެ. އެއީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، ކެޔޮދޫ ދާއިރާގެ މެންބަރު މުސާ ނިޒާރު އިބްރާހީމް އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީންއެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014