ރައްޔިތުންގެ މަޖިލީހުގެ 77 ވަނަ މާއްދާއާއި، 107 ވަނަ މާއްދާއާއި، 111 ވަނަ މާއްދާ އިޞްލާޙުކުރުމަށާއި އަދި 40 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތައް އާއްމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ކޮމިޓީއިން ނިންމެވިގޮތަށް ފާސްކުރައްވައިފި

_CHR3469ރައްޔިތުންގެ މަޖިލީހުގެ 77 ވަނަ މާއްދާއާއި، 107 ވަނަ މާއްދާއާއި، 111 ވަނަ މާއްދާ އިޞްލާޙުކުރުމަށާއި އަދި 40 ވަނަ  މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ކޮމިޓީން ދިރާސާކުރައްވައި ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓު ކޮމިޓީއިން ނިންމެވިގޮތަށް މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

ރިޕޯޓް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށްވަނީ ވޯޓްދެއްވީ 67 މެންބަރުންނެވެ.  ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރުން ވޯޓް ދެއްވާފައިވާއިރު 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި އާންމު ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފުއެވެ. އަދި މިރިޕޯޓަށް 4 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 އޯގަސްޓް 2014 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

29 ޝައްވާލް 1435

25 އޮގަސްޓް 2014