ޞިއްޙީ ޚިދުމަތްދިނުމުގެ ފަންނީ މަސައްކަތްތެރިންގެ ބިލު ބަލައިގެންފި

DSC_6653މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތްދިނުމުގެ ފަންނީ މަސައްކަތްތެރިންގެ ބިލު ބަލައިގެންފިއެވެ. މި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވިފައެވެ.

އިބްތިދާއީ ބަހުސް މަރުހަލާގައި، މި ބިލަށް ޖުމްލަ 25 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މި ބިލު ބަލައިގެންފައިވަނީ 77 މެންބަރުންގެ އިއްތިފާޤުންނެވެ.

ޞިއްޙީ ޚިދުމަތްދިނުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 30 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.

29 ޝައްވާލް 1435

25 އޮގަސްޓް 2014