ޞިއްޙީ ޚިދުމަތްދިނުމުގެ ބިލު ބަލައިގެންފި

DSC_7590މިިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތްދިނުމުގެ ބިލު ބަލައިގެންފިއެވެ. މި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ އިޖްތިމާއީ ކޮމިޓީއަށް ފޮނުވިފައެވެ.

އިބްތިދާއީ ބަހުސް މަރުހަލާގައި، މި ބިލަށް ޖުމްލަ 30 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މި ބިލު ބަލައިގެންފައިވަނީ 77 މެންބަރުންގެ އިއްތިފާޤުންނެވެ.

ޞިއްޙީ ޚިދުމަތްދިނުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 2 ޖުލައި 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

29 ޝައްވާލް 1435

25 އޮގަސްޓް 2014