އާއްމު ކޮމިޓީގެ 10 ވަނަ ބައްދަލުވުން ބައްވައިފި

މިރޭ ބޭއްވުނު ޢާންމު ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް (ޤާނޫނު ނަންބަރު 2009/9) އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ ވަގުތު 1 ގަޑިއިރުކަމުގައި ފާސްކުރައްވައިފިއެވެ.

ކޮމިޓީގެ މިރޭގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ޙުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން އަދި ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގް ވަޑައިގެންނެވިއެވެ.

28 ޝައްވާލު 1435

24 އޮގަސްޓް 2014