އިޖްތިމާޢީ ކޮމިޓީން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރައްވައިފި

Ijuthimaeeއިޖްތިމާޢީ ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި، (ޤާނޫނު ނަންބަރު 2010/8) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބޭފުޅުންނާ ބައްދަލުކުރައްވާ ބިލާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުގެ އިތުރުން ނައިބު މުޤައްރިރު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން އަދި  ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވަޑައިގެންނެވިއެވެ.

24 ޝައްވާލު 1435

20 އޮގަސްޓް 2014