އައި.ޕީ.ޔޫ.ގެ ރާއްޖޭގެ ގޮފީގެ އިދާރީ ސެކްރެޓަރީ ހަމަޖައްސަވައިފި

DSC_6919

މިއަދު ބޭއްވެވި އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ އާންމު ބައްދަލުވުމުގައި، އެ ގޮފީގެ އިދާރީ ސެކްރެޓަރީގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް، އަލްފާޞިލް އަބްދުލް ހަމީދު ޒަކަރިއްޔާ ހަމަޖައްސަވައިފިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ. މި ބައްދަލުވުމުގައި އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ ރައީސްގެ އިތުރުން 19 މެންބަރުންެ ބައިވެރިވެވަޑައިގެންނެވިއެވެ.

އައި.ޕީ.ޔޫ ނުވަތަ އިންޓަރ-ޕާލަމެންޓްރީ ޔޫނިއަންއަކީ، ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކަށް ނިސްބަތްވާ ބައިންއަޤްވާމީ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވެފައިވަނީ 4 ނޮވެމްބަރ 2004 ގައި މަޖިލީހުން ފާސްކުރެއްވި ޤަރާރަކުންނެވެ.