މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

DSC_6662ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ކުއްލި މައްސަލައަކީ މިނިވަން ނޫހުގެ ރިޕޯރޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމުގެ މަސައްކަތަށް ނުވަތަ އެ މައްސަލަ ތަޙުޤީޤުކުރުމަށް ސަރުކާރުން މިހާރަށްވުރެ ބޮޑަށް ސަމާލުކަމެއް ދެއްވައިގެން އެމަސައްކަތް ކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، އެކަން ސަރުކާރުގެެ ސަމާލުކަމަށް ގެންނެވުމަށް ހުށަހެޅުނު ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފެނިވަޑައިގަންނަވާކަމަށް 51 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

މިކުއްލި މައްސަލައަށް ޖުމްލަ 18 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

23 ޝައްވާލް 1435

19 އޮގަސްޓް 2014