މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތައް ދިރާސާކުރައްވައިފި

DSC_6411މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި، މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްްލާޙުުތައް ދިރާސާކުރައްވައިފިއެވެ. މިގޮތުން، 4 އިޞްލާޙަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރައްވާފައިވެއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން އަދި ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް ވަޑައިގެންނެވިއެވެ.

 

22 ޝައްވާލު 1435

18 އޮގަސްޓް 2014