އިޤްތިޞާދީ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

މިރޭ ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 13 ވަނަ ބައްދަލުވުުމުގައި، ކޮމިޓީގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ކޮމިޓީ ބައްދަލުވުންތައް ބޭއްވުމުގެ އިޚްތިޔާރު ކޮމިޓީގެ މުޤައްރިރަށް ލިބިގެންވާކަމަށާއި، މިނޫންގޮތަކަށް އެއްވެސް ބިލަކާއ މެދު ޢަމަލު ކުރުމަށް އެއްވެސް ފާސްކުރުމެއް ފާސްކުރެވިފައިވާނަމަ އެފާސްކުރުމެއް ބާތިލް ކުރުމަށް ހުށަހެޅުމެއް ހުށަހެޅި ތާޢީދުލިބިފައިވެއެވެ.

މިބައްދަލުވުމުގައި މިހުށަހެޅުމަށް ގޮތެއް ނިންމެވުމަށްޓަކައި މާދަމާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތް ގެންދާނެ ގޮތެއް ނިންމެވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން ނައިބު މުޤައްރިރު މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު،މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ވަޑައިގެންނެވިއެވެ.

20 ޝައްވާލު 1435

16 އޮގަސްޓް 2014