ޔޫ.އެން.ޑީ.ޕީ ދިވެހިރާއްޖެ އޮފީހުގެ އޮފިސަރ އިން ޗާރޖް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

_CHR6216ޔޫ.އެން.ޑީ.ޕީ ދިވެހިރާއްޖެ އޮފީހުގެ އޮފިސަރ އިން ޗާރޖް ދީވާނަންދް ރާމިއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އދގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މަސައްކަތްތައް ހަރުދަނާކުރެއްވުމަށް ޔޫ.އެން.ޑީ.ޕީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ދީވާނަންދް ރާމިއާގެ ވާހަކަފުޅުގައި، މަޖިލީހުގެ އިދާރާއިން ޔޫ.އެން.ޑީ.ޕީގެ މަސައްކަތްތައް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ، ކުރިމަގުގައި އިތުރު ޕްރޮގްރާމް ހިންގެވުމާމެދު މަޝްވަރާކުރެއްވިއެވެ.

 

18 ޝައްވާލު 1435

14 އޮގަސްޓް 2014