އިޤްތިޞާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފި

Iguthimaeeމިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 12 ވަނަ ބައްދަލުވުުމުގައި، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ.

މިގޮތުން، ބިލުގެ 34 ވަނަ މާއްދާއިން ފެށިގެން 48 ވަނަ މާއްދާގެ ނިޔަލަށް ބައްލަވާ ބައެއް މާއްދާތަކަށް އިޞްލާޙު ގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން ނައިބު މުޤައްރިރު މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު، މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވަޑައިގެންނެވިއެވެ.

17 ޝައްވާލު 1435

13 އޮގަސްޓް 2014