އިޤްތިޞާދީ ކޮމިޓީގެ ދެ ބައްދަލުވުމެއް މިއަދު ބާއްވަވައިފި

_CHR5385އިޤްތިޞާދީ ކޮމިޓީގެ 10  ވަނަ ބައްދަލުވުމާއި 11 ވަނަ ބައްދަލުވުުން މިއަދު ބާއްވަވައިފިއެވެ.

މިގޮތުން، ފުރަތަމަ ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމުގައި، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލުގައިވާ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސާއިދު އާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރަޜަރީ ޢަބްދުﷲ ޖިހާދުއާ ކޮމިޓީގެ މެންބަރުން ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި، ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކޮމިޓީގެ އަޢުލަބިއްޔަތުން މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ހޮއްވެވިއެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލުގެ 21 ވަނަ މާއްދާއިން ފެށިގެން 33 ވަނަ މާއްދާގެ ނިޔަލަށް ކޮމިޓީން ބެއްލެވިއެވެ.

މި ދެބައްދަލުވުމަށް ވެސް ކޮމިޓީގެ 11 މެންބަރުން ހާޒިރުވެވަޑައިގެންނެވިއެވެ.  އެމެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ.

16 ޝައްވާލު 1435

12 އޮގަސްޓް 2014