ޤައުމީ ތަރައްޤީގެ ކޮމިޓީގެ 6 ވަނަ ބައްދަލުވުން ބާއްވައިފި

_CHR5712މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި، ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/29)  އަށް އިޞްލާޙް ގެނައުމުގެ ބިލު ދިރާސާ ކުރެއްވުމުގެ ގޮތުން އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ހުށަހަޅުއްވާފައިވާ ހިޔާލުތަކާއި މެދު މަޝްވަރާކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް ބައިވެރިވެވަޑައިގެންނެވިއެވެ.

16 ޝައްވާލް 1435

12 އޮގަސްޓް 2014