ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މަޢުލޫމާތު ދެއްވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި، ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކަށް މަޢުލޫމާތު ދެއްވާ އުޞޫލުތަކާއި ޕޮއިންޓް ދެއްވާ އުޞޫލުތަކާގުޅޭ ގޮތުން ހައުސިންގ  އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. މުޙަންމަދު މުޢިއްޒު އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން، ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ މަޢުލޫމާތު ދެއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވަޑައިގެންނެވިއެވެ.

16 ޝައްވާލު 1435

12 އޮގަސްޓް 2014