އޭޝިއާ ޕާލިމެންޓްރީ އެސެމްބްލީގެ ބައްދަލުވުމެއްގައި ބައިވެރިވެޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ފުރާވަޑައިގެންފި

މިއަހަރު އޯގަސްޓް މަހުގެ 10 ން 12 ށް އީރާންގެ ވެރިރަށް ތެހެރާންގައި، އޭޝިއާ ޕާލިމެންޓްރީ އެސެމްބްލީ (އޭ.ޕީ.އޭ) އިން އިންތިޒާމް ކުރައްވާ “ސްޓޭންޑިން ކޮމިޓީ އޮން ސޯޝަލް އެންޑް ކަލްޗަރަލް އެފެއަރޒް މީޓިންގ”ގައި ބައިވެރިވެޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން ފުރާވަޑައިގެންފިއެވެ.

މިބައްދަލުވުމުގައި، މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ސަގާފީ އާދަކާދަތައް ކުރިއަރުވައި ދެމެހެއްޓެވުމާއި، ގްލޯބްލައިޒޭޝަންގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ސިއްޙީ މައްސަލަތަކާއި އަދި ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތްކުރުމާގުޅޭ ގޮތުންނެވެ.