ޖަޕާން-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް ލީގްގެ ވަފްދެއް ރައްޔިތުންގެ މަޖިލީހުގެ މޯލްޑިވްސް-ޖަޕާން ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

_CHR0333

ޖަޕާން-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް ލީގްގެ ވަފްދެއް ރައްޔިތުންގެ މަޖިލީހުގެ މޯލްޑިވްސް-ޖަޕާން ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަކުރެއްވުމުގައި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މޯލްޑިވްސް-ޖަޕާން ފްރެންޑްޝިޕް ގްރޫޕާއި ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަޕާން-މޯލްޑިވްސް ފްރެންޑްޝިޕް ލީގާ ދެ ގްރޫޕްގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައު ބޭއްވުނު މިބައްދަލުކުރެއްވުމުގައި، މޯލްޑިވްސް-ޖަޕާން ފްރެންޑްޝިޕް ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އެގްރޫޕްގެ ޗެއަރމަން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ. ޖަޕާން-މޯލްޑިވްސް ފްރެންޑްޝިޕް ލީގުގެ ވަފުދުގެ އިސްބޭފުޅަކަށް ހުންނެވީ، އެގްރޫޕްގެ ރައީސް މަސަހިކޯ ކޮމޫރާއެވެ.