ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފުދެއް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

_CHR0300

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފުދުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ވާހަކަފުޅުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ އެކުވެރި ގުޅުމުގެ މައްޗައްވެސް ބައްލަވާލެއްވިއެވެ.

ޖަޕާން-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް ލީގުގެ ރައީސް މަސަހިކޯ ކޮމޫރާ ދެއްކެވި ވާހަކަފުޅުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ އެކަމާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުމަށް ބައްލަވާލައްވަމުން، އެގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.