ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކް ބާދީ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައި މަޖިލީހުގެ ރައީސް ފޮނުއްވައިފި

_CHR4382މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކްބާދީ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައި މަޖިލީހުގެ ރައީސް ފޮނުއްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ރަމަޟާންމަހުގައި ބޭއްވޭ އެންމެ ފަހު ޖަލްސާކަމުގައި ވިދާޅުވެ، މި ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން އެންމެންކުޅަ ހެޔޮ ޢަމަލުތަކުގެ ޘަވާބު އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރެއްވިއެވެ. އަދި އަޅުގަނޑުމެން މިކުޅަ އަޅުކަމުގެ މަތިވެރިކަން އަޅުގަނޑުމެންނަށް ދެއްވާ މާތް ﷲ އަޅުގަނޑުމެންގެ މި ޢަމަލުތައް ޤަބޫލުކުރައްވާ އެންމެންނަށް ބަރަކާތާއި ހެޔޮދަރުމަ ދެއްވުން އެދި ހެޔޮދުޢާކުރެއްވިއެވެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށް އެދި ކީރިތިވަންތަ ﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވާކަމުގައި ވިދާޅުވިއެވެ.

23 ޖުލައި 2014